އަންހެން ފަނޑިޔާރުންގެ ނިސްބަތް 2.3 ޕަސެންޓަށް އިތުރުވެއްޖެ

2022 ވަނަ އަހަރާއި އަޅައި ބަލާއިރު ކޯޓުތަކަށް އައްޔަންކުރި އަންހެން ފަނޑިޔާރުންގެ އަދަދު 2.3 އިންސައްތަ އަށް އިތުރުވެފައިވާކަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީގެ) ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖޭއެސްސީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ފަނޑިޔާރުންގެ ގޮތުގައި 177 ފަނޑިޔާރަކު ތިއްބެވެ. އެއީ 149 ފިރިހެން ފަނޑިޔާރުންނާއި 28 އަންހެން ފަނޑިޔާރުންނެވެ.
އަހަރީ ރިޕޯޓުގައި ކޮމިޝަންގެ ރައީސް ހިސާން ހުސެއިން ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީ ގައި މަސައްކަތްކުރާ އަންހެން ފަނޑިޔާރުންގެ ނިސްބަތް އިތުރުކުރުމަކީ އެ ކޮމިޝަނުން އަމާޒުހިފާފައިވާ ކަމަކަށްވާއިރު މިދިޔަ އަހަރު ޔޫއެންޑީޕީ އަދި އިނގިރޭސި ސަރުކާރުގެ އެހީގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުންނަށް އަމާޒުކޮށް މަހާސިންތާއެއް ބޭއްވިފައިވާ ކަމަށެވެ.
'' އެ މަހާސިންތާއިން ޝަރުއީ ދާއިރާގައި އަންހެން ފަނޑިޔާރުންނަށް ދިމާވާ ގޮންޖެހުންތަކާއި އަންހެން ފަނޑިޔާރުންނާ ފިރިހެން ފަނޑިޔާރުންނާ ދެމެދު އޮންނަ ފަރަގު ކުޑަކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލާ އެ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ފެށިފައި'' އަހަރީ ރިޕޯޓުގައި ހިސާން ވިދާޅުވިއެވެ.
ތިޔަ އަންހެން ބައިގަނޑު ޖުޑިސަރީއަށް ވައްދައިގެން މުޅި ޖުޑިސަރީ ނަޖިސްވެ ހަލާޚުވެ ނިމިއްޖެ
އަންހެން ބައިގަނޑު ވަނުމުގެ ކުރިން ތިޔަ ފިރިހެނުން ހޭވި ހަޑިއެއްވެސް ދެނެތިބި ބަޔަކު ހަމަ އުޅޭނެކަން ޔަޤީން.
ދިވެހިގައުމައް ހަލާކުހުރި ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވި ﷲ އަނގަވާފައިވާގޮތާމެދުވިސްނަވާލައްވާ