ޚަބަރު ޝަރުޢީ ދާއިރާ

މިދިޔަ އަހަރު 275 މައްސަލަ ހުށަހެޅުނުއިރު، ޖޭއެސްސީން ބެލީ 14 މައްސަލަ

ފައިނާ ފާއިޒް ، ދެން އޮންލައިން
ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)

މިދިޔަ އަހަރު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރުންނާ ގުޅޭ 275 މައްސަލައެއް ހުށަހެޅިފައިވާއިރު އޭގެ ތެރެއިން އެ ކޮމިޝަނުން ބަލަން ފެންނަ ކަމަށް ނިންމީ އެންމެ 14 މައްސަލަކަން ހާމަވެއްޖެއެވެ.

Ads by STELCO

ޖޭއެސްސީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކޮމިޝަނަށް 313 މައްސަލަ އެއް ހުށަހެޅި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ އެއީ އޭގެ ކުރީއަހަރުގެ ބާކީ ހުރި 38 މައްސަލައާ އެކީގައެވެ.

ތަހުގީގުކުރަން ފެންނަ ކަމަށް 14 މައްސަލައެއް އަދި ނުފެންނަ ކަމަށް 262 މައްސަލައެއްގައި ގޮތް ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. މިދިޔަ އަހަރު ކޮމިޓީން 97 ބައްދަލުުވުމެއް ތާވަލުކޮށް 85 ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

މިދިޔަ އަހަރު ފަނޑިޔާރުންގެ ނަޒާހަތްތެރިކަން އުފެދޭ ހަ މައްސަލަ އާއި ކޮރަޕްޝަންއާ ގުޅުން ހުރި އެއް މައްސަލަ، މަސްއޫލިއްޔަތު އަދާނުކޮށްދޭކަމަށް ބުނެ ހުށަހަޅާފައިވާ ހަ މައްސަލަ އާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވިކަމަށް ބުނެ ހުށަހަޅާފައިވާ އެއް މައްސަލައިގ އިތުރުން ކޯޓަށް ހުށަހަޅާފައިވާ ޝަކުވާ ލަސްވެގެން ހުށަހަޅާފައިވާ ފަސް ޝަކުވާ ހިމެނޭއެވެ.

ގާނޫނު އަސާސީގެ ބާރުތަކާއި ހިލާފުވިކަމަށް ބުނެ ހުށަހަޅާފައިވާ ހަ ޝަކުވާ އަދި އެހެނިހެން އެއް ޝަކުވާ އާއި އެކު ފަނޑިޔާރުންނާ ގުޅޭ ޖުމްލަ 26 ޝަކުވާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ނިޔަލަށް ހުށަހަޅާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!