ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބީދޭސީން ޑީޕޯޓްކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދަނިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކުރަން ނިންމާފައިވާ ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

Ads by Hajj Corporation

ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ ހައްލު ކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ގެންގުޅޭ ސިޔާސަތުތައް ތަންފީޒް ކުރަން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން މި މަހުގެ ނުވަ ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބޭންކް ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކަން އުޅުނު ހަތް ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން އިއްޔެ ވަނީ ބުނެފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު، 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއް ގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ޝައްމާނު ހިއްސާ އެއް ނުކުރެއެވެ.

ހައްޔަރު ކުރި ބިދޭސީންގެ ތެރޭގައުި ވިސާ ނެތި މަސައްކަތް ކުރަމުން އައި ބިދޭސީންތަކަކާއި, ވިސާގެ ބޭރުން އިތުރު ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!