އެންމެން ވެސް ގަބޫލުކުރަންޖެހޭ އެހެން ގައުމެއްގެ ބާރު ރާއްޖޭގައި ނުހިންގޭކަން: ރައީސް
ރާއްޖޭގެ މައްޗަށް އެހެން ގައުމެއްގެ ބާރު ހިނގަން ނުޖެހޭނެ ކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން އިފްތިތާހު ކުރަން މިރޭ މާފަރުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ, ރާއްޖެއަކީ އަމިއްލަ އިން އަމިއްލައަށް ބެލެހެއްޓޭ ބަޔަކަށް ވާން ޖެހޭނެ ކަން އެންމެން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
އެކަން ކުރެވޭނީ އެހެން ބަޔަކަށް މިތަނުގައި ބާރު ހިނގާ ހިނގުން ބަދަލުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސާވޭތައް ކުރަމުން އައީ ބޭރުގެ ބައެއް ކަމަށާއި އެކަން ބަދަލުކޮށް އެމްއެންޑީއެފްގައި އެ ކެޕޭސިޓީ މާލީ ގޮތުން ގާއިމްކޮށް އެކަން ދިވެހިން ކުރަން ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފް އެއާ-ކޯ ގާއިމް ނުކުރެވި އޮތް އިރު އެހެން ގައުމުތަކުގެ އެހީތައް ހޯދަން ޖެހުނު ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. އޭރު އެ ކެޕޭސިޓީ ނެތް ނަމަވެސް މިހާރު އެ ގާއިމް ކުރުމުން ރާއްޖޭގެ އަމިއްލަ މިނިވަންކަން ޔަގީންވެގެން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހާލުގައި ޖެހިގެން ހޯދަން ޖެހޭ މީހާ ނުހޯދިގެން އުޅެން ޖެހުނުހާ ވަގުތު ދެން ނުވާނެކަން ޔަގީންވެގެން އެބަދޭ, މި ދެންނެވި 9 ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދަކީ މީގެ ފަހުން ކޮންމެ ވަގުތުކޮޅެއްގަިއ ވެސް އަޅުގަނޑުމެންގެ ސާވަައިލަންސްގެ ދަށުން ބެލެހެއްޓޭނެ ކަން," ރައީސް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ.,
އެއްވެސް އިރެއްގަ ބަޔަކު މިތަންހިފަން ވެގެން މިތަނުގަ ޖަގަހަޖަހައިގެނެއްނެތް. ތިބިބަޔަކުތިބީ ރާއްޖޭގެ ސަރުކާރުތަކުން އެދިގެން ބޭނުންވި ކަމެއްކުރުމަށް. އެވެސް ރާއްޖޭގެ ސިފައިންގެ ބެލުމުގެދަށުން. ރާޢްޖެއަށް ކަންކަން ކުރެވޭވަރުގެ ގާބިލްކަމާއި ހުނަރު ލިބުނީމަ ފޮނުވާލަންވީ. ވަކިގައުމަކާ ޖައްސާލައިގެން އުޅުމުގެބޭނުމެއްނެތް. ހާއްސަކޮށް އިންޑިއަކީ އެއްވެސްރޮގަކުން ރާއްޖޭގެ ބަޔަކަށް ވައިވެސް ނޭޅޭވަރަށް ކުރީގަތިބިބައެއް. ހަގީގަތް ގަބޫލުކުރަންޖެހޭނީ. ޗައިނާމީހުން މުއިއްޒުމެން ބޮލަށް އެރިގެން ކުރަންއުޅޭ ކަންތައް ކުރުމުމުގެ ފުރުސަތު މި ސާކު ގައުމުތަކުން ރާއްޖެއަށް ނުދޭނެ. ގުޅިގެން ކުރިއަށް ދާންވީ.