ޚަބަރު

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ޑައުންލޯޑުކުރާ މީހަކަށް ދައުވާކުރަން ފޮނުވައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ޑައުންލޯޑުކޮށްގެން, ބޭނުން ކުރި މައްސަލަތަކެއްގައި ދިވެހި ފިރިހެނެއްގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފަދަ މައްސަލަތަކާ ގުޅޭ މައުލޫމާތު ދެއްވަމުން ފުލުހުންގެ އެކްޓިން ހެޑްއޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓުގެ ހެޑް އަހުމަދު ސަފްއަތު ރައޫފް ވިދާޅުވީ, އެފަދަ ފޮޓޯތަކާއި ވީޑިއޯތައް ޑައުންލޯޑުކުރާ މީހުންނާ ގުޅޭ މައުލޫމާތުތައް މިފަދަ ކަންކަން ބަލަހައްޓާ ބޭރުގެ ލޯ އެންފޯސްމެންޓު އޭޖެންސީތަކުގެ ހިއްސާކުރުމާއެކު އެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

"ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކަށް މޯބައިލް ނަންބަރު ހިމެނޭ ގޮތުން މިގޮތަށް މި ޑައުންލޯޑު ކުރާ ކުޑަކުދިންގެ ފޮޓޯ ވީޑީއޯގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން މިދަނީ." ސަފްއަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, މިހާތަނަށް ޕީޖީ އޮފީހަށް ހުށަހެޅިފައިވަނީ މިފަދަ އެންމެ މައްސަލައެކެވެ. މިދިޔަ އޮކްޓޯބަރު މަހު ދައުވާ ކޮށްދޭން އެދި ހުށަހަޅާފައިވަނީ 32 އަހަރުގެ ފިރިހެނެއްގެ މައްސަލައެވެ.

ތަހުގީގު ތެރެއިން މި މީހުން ދެނެގަނެ, އެ މީހުންގެ ޑިވައިސްތައް ބެލިބެލުމުން އޭނާގެ ފޯނުގެ ދެ އަހަރުން ފެށިގެން 18 އަހަރާ ހަމައަށް އެކި ކުދިންގެ މިފަދަ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ސަފްއަތު ވިދާޅުވި އެވެ.

ސަފްއަތު ވިދާޅުވީ މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މި ދާއިރާގައި ފުލުހުން ތަމްރީނު ކޮށް ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!