ޚަބަރު

އައްޑު ޑެޕިއުޓީ މޭޔަރު 282 ދުވަހު ގަޑި ޖެހުނު: ކައުންސިލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އައްޑޫ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު/ ފޮޓޯ: ސިޓީ ކައުންސިލް

އައްޑޫ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު 282 ދުވަހު ގަޑިޖެހިފައިވާ ކަމަށް އެ ސިޓީގެ ކައުންސިލުންގެ ހާޒިރީން ދައްކައިފިއެވެ.

Ads by Hajj Corporation

އައްޑޫ ކައުންސިލުގެ ހާޒިރީން ދައްކާ ގޮތުން 2021 ވަނަ އަހަރުގެ މޭ މަހު 17 އިން 2022 ގެ ޖެނުއަރީ މަހުގެ 15 ގެ ނިޔަލަށް 200 ދުވަހެއްގައި އޮފިީހަށް ވަޑައިގެންނެވީ ގަޑިޖެހިގެންނެވެ.

އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 އިން އެ އަހަރުގެ ޑިސެމްބަރު މަހުގެ 22 އަށް 37 ދުވަހު ވަނީ ގަޑިޖެހިފައެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ ޝުއާއު، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 އިން 2023 ވަނަ އަހަރުގެ ޑިސެމްބަރު 15 ނިޔަލަށް 43 ދުވަހު ގަޑިޖެހުނު ކަމަށް ކައުންސިލުގެ ހާޒިރީ ރިޕޯޓުން ދައްކައެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ 15 ފެބްރުއަރީން 16 ޑިސެމްބަރުގެ ނިޔަކަށް 2 ދުވަހު ޝުއާއު ގަޑިޖެހިފައިވެެއެވެ.

Ads by Ooredoo
  1. ކައުންސިލް އިނ ހޯދި ހުށެހެއި މައުލޫމާތު ޖަހާވެގެ ނުން

  2. ދެން ޖާހާއް ތިބޭނެއި ނުފޫޒު ބޭނުން ކޮއްގެން ބިން ތިމާށް ވޯޓް
    އިތިރިވޭ ގޮތައް ބެހި ވާހަކާއި ޕްރޮޖެކުތަކި އެތެރުން ކިޓު ނެގި ވާހަކަ ނުނީ

    • އެހެންމެއި ޖަހަގެނަސް ތެކަންވޭތޯބަލަ. ނިތިބޭހެއް ދެއްކޭނެ އެއްބިއަސް އެއްތައް. ތިޔާސް ތެ ގޮވަނީ އަތަށް. 2000 ސިފައިން ނެތާއު ކޭފެއި ކޮޅޮނަށް ހިނގި ފިލްމާށަސް ވީހަމަތެހެން. ހަހަަހަހަހަހަ