ޚަބަރު

ފުލުހުންގެ މުސާރަ 35 އިންސައްތަ ބޮޑުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލޭގެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ. ދެން އިމޭޖްސް

ފުލުހުންގެ މުސާރަ މި މަހުންގެ ފެށިގެން 35 އިންސައްތައަށް ބޮޑުކޮށްފިއެވެ.

Ads by Sosun Fihaara

އެކްސްގައި ކުރި ޕޯސްޓެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 އިންސައްތަ ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށެވެ.

އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

''މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއި އެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު. މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުންކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިންދެމުންއައި އެލަވަންސްތަކަށް ބަދަލުގެނެވިފައިވާނެ" އޭނާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރާނެކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ވަނީ ވައުދުވެވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!