ޚަބަރު

އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ސުންގަޑި މިއަދު ހަމަވާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް ވުމުގެ ސުންގަޑި މިއަދު ހަމަވާނެ ކަމަށް އިލްކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

އިންތިހާބު މޮނިޓަކުރުމަށާއި އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާޗް، 19 އިން ފެށިގެން ހުޅުވާލާފައިވާއިރު، އެ ވަގުތު ހަމަވާނީ މިއަދު މެންދުރުފަހު 1:30 ގައެވެ.

އީސީން ބުނީ އިންތިހާބުގެ ކަންކަން ހިނގަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ކަން ކަށަވަރުކުރުމުގައި, އޮބްޒާވަރުންނާއި މޮނިޓަރުންނާއި, ކެންޑިޑޭޓުންގެ މަންދޫބުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފަރުދީގޮތުން އިންތިޚާބު އޮބްޒާވް ކުރެއްވުމަށް ހުށަހަޅުއްވާ ބޭފުޅަކު އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ވެގެން ނުވާނެއެވެ.

އެހެންނަމަވެސް، ކެންޑިޑޭޓެއްގެ މަންދޫބަކަށް ވުމަށް ސިޔާސީ ޕާޓީއަކަށް ނިސްބަތްވުން ނުވަތަ ނިސްބަތް ނުވުން އެއީ މައްސަލައެއް ނޫނެވެ.

މާޗު 17 ގައި ބާއްވަން ތާވަލުކޮށްފައިވާ މަޖިލިސް އިންތިހާބުގެ ތާރީހު ރޯދަ މަސް ނިމި ދިހަ ދުވަސް ފަހަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މަޖިލިސް އިންތިހާބު ބާއްވަން މިހާރު ނިންމާފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!