ޚަބަރު

މި އަހަރުގެ މިހާތަނަށް 500،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ދެން

މިއަހަރުގެ މިހާތަނަށް 500،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށް، މި އަހަރަށް ކަނޑައެޅިފައިވާ ޓާގެޓުގެ 25 އިންސައްތަ ހާސިލްވެއްޖެއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރަށް ކަނޑައެޅިފައިވާ ޓާގެޓުގެ 25 އިންސައްތަ ހީކުރިވަރަށް ވުރެ އަަވަހަށް ހާސިލްވެއްޖެ ކަމަށެވެ.

އަދި މި ކާމިޔާބީ އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ރާއްޖެ އިސްތިހާރުކުރުމަށާއި، މެހެމާންދާރީ އަދާކުރުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 524،339 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވެއެވެ. އޭގެތެރެއިން، އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށް، ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އިޓަލީއިންނެވެ.

ޗައިނާއިން 61،410 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު، ރަޝިއާއިން 53،624 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އަދި އިޓަލީއިން 50،493 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!