ޚަބަރު

ރޯދަމަހާއެކު، ޑްރަގް ބޭނުންކުރާ ގިނަ މީހުން ބޭނުންވަނީ އިސްލާހުވާން: ހޯމް މިނިސްޓްރީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މަސްތުވާތަކެތި ވަބައިގައި ޖެހި، އެ ބޭނުންކުރަމުންދާ ގިނަ ޒުވާނުން ރަމަޟާން މަހުގެ ކުރިން މަސްތުވާތަކެއްޗާއި ދުރުވެ "ސާފުވާން" ބޭނުންވާ ކަމަށް ދާހiލީ ސަލާމަތާއި ފަންނީއަތާ ބެހޭ ވަޒީރުގެ ނައިބު ހަސަން އަލީ މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، ރަމަޟާން މަހަކީ މާތްވެގެންވާ އަޅުކަމުގެ މަހަކަށްވާތީ، މަސްތުވާތަކެތި ބޭނުންކުރަމުންދާ ވަރަށް ގިނަ ޒުވާނުން ބޭނުންވީ ރަމަޟާން މަހުގެ ކުރިން ފަރުވާ ޕްރޮގްރާމްތައް ފެށި، ސާފު އިންސާނެއްގެ ރަމަޟާން މަހާއި ކުރިމަތިލާން ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދިފައިވާތީ، ގިނަ ރަށްރަށުގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ގުޅިގެން ފަރުވާ ޕްރޮގްރާމްތައް ރަމަޟާން މަހުގެ ކުރިން ފެށިފައިވާ ކަމަށާއި، މިހާރުވެސް އެންޑީއޭގެ ޓީމް ރަށްރަށުގައި އެ މަސައްކަތް ކުރަމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ.

ރޯދަ މަހަކީ މާތްވެގެންވާ އަޅުކަމުގު މަހެއް މަސްތުވާތަކެތި ބޭނުންކުރާ ވަރަށް ގިނަ ޒުވާނުން ބޭނުންވި އަސްލު ހަގީގަތުގައި ރޯދަ މަހުގެ ކުރިން މި ޕްރޮގްރާމްތައް ފެށި ސާފު މެންޓަލީ އަދި ހަށިގަނޑު ގޮތުން ސާފު އިންސާނެއްގެ ގޮތުގައި ރޯދަ މަހަށް ކުރިމަތިލާން

ހަސަން ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް މި ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ބަންދުގައި ބައިތިއްބައިގެން ފަރުވާދިނުމުގެ ބަދަލުގައި ރަށްރަށުގައި ގާއިމުވެފައިހުރި ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުން ތަމްރީންކޮށްގެން، ރަށްރަށުގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރަށްރަށުން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

Ads by Allied Insurance
  1. އިގޭ

    މަސްތުނުވާން ބޭނުންވާ އެންމެނަށް ސަރުކާރުން ފުރުސަތް ހޯދާދެން ޖެހޭ އެއީ ބަލިމަޑުކަމެއް