ޚަބަރު އިޖުތިމާޢީ

ފުވައްމުލަކުގައި ބްރެޒިލް ފަތުރުވެރިއެއްގެ ތަކެތި ވަގަށް ނެގި މައްސަލައެއް

ފައިނާ ފާއިޒް ، ދެން އޮންލައިން
ފަތުރުވެރިޔާ

ފުވައްމުލަކު ސިޓީ ގައި ޗުއްޓީ ހޭދަކުރަމުންދާ ބްރެޒިލުގެ ފަތުރުވެރިއެއްގެ ދަބަހާއި، ޑްރޯނެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by MWSC

ޝޯޝަލް މީޑިއާގައި ދަނީ ފަތުރުވެރިޔާ، އެކަން ހިނގި ގޮތް ކިޔައިދޭ ވީޑިއޯ އެއް ދައުުރު ކުރުވަމުންނެވެ. އެ މީހާ ކިޔައިދިން ގޮތުން އެކަމެއް ހިނގާފައި ވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުން ގަޑީގައެވެ.

ޑްރޯން ދުއްވަން ހުއްޓައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެކުދިން އޭނާ ގާތުގައި އެއާއި ބެހޭ ގޮތުން ސުވާލުކުރިއެވެ. އޭގެ ފަހުން މޫދަށް އެރި އުޅެނިކޮށް ސައިކަލުގައި އައި ބަޔަކު އޭނާގެ ދަބަހާއި ޑްރޯން ގެންދިޔަ ކަމަށް އެ ފަތުރުވެރިޔާ ކިޔައިދިނެވެ.

ދަބަސް ތެރޭގައި ފޯނަކާއި، ވޮލެޓެއްގެ އިތުރުން މުހިއްމު ލިޔެކިޔުންތަކެއް ހުންނާނެ ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ވޮލެޓުގައި 200 ޑޮލަރާއި 1،500 ރުފިޔާ އަދި ކްރެޑިޓުކާޑުތަކެއް އޮންނާނެ ކަމަށެވެ.

ގެއްލުނ ތަކެތި އަނބުރާ ދިނުމަށް އޭނާ ވަނީ އެދިފައެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!