ލައިފްސްޓައިލް

ދުބާއީ ވަލީއަހުދުގެ އާ ވީޑިއޯ: ކާރުކޮޅުގައި ހާލިހެދި ދޫނިތައް ވިހާ ، ހާލި ދޫކޮށްލައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދުބާއީގެ ވަލީއަޙުދު ޙަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލްމަޚްތޫމްގެ ކާރުކޮޅެއްގެ ބޮނެޓްގައި ދޫންޏެއް ހާލި ހަދައި ބިސް އެޅުމުން އެ ދޫންޏަށް ޓަކައި ކާރުކޮޅު ބޭނުން ނުކުރައްވަން ނިންމެވުން ވެގެން ދިޔައީ ނޫސްތަކުގެ ފަލަ ސުރުޚީ ދަމައިގަތް ކަމަކަށެވެ. ހަމައެހެންމެ މީސްމީޑިއާގައި އެތައް މިލިއަން މީހުންނެއް ފޮލޯކުރާ ވަލީއަޙުދުގެ މި ޢަމަލާއި ގުޅިގެން އެތައް ބަޔަކު ވަނީ އެމަނިކުފާނަށް ތަޢުރީފް ކޮށްފައެވެ.

Ads by Hajj Corporation

ދިރިއުޅުމުގައި ހިނގާ ކުދިކުދި ކަންކަން ވެސް ބައެއްފަހަރު މާބޮޑަށް ފުދޭ” ކަމަށް ވިދާޅުވެ ކުރިން ދޫކޮށްލި ވީޑިއޯއަށް ފަހު އަނެއްކާ ވެސް އެމަނިކުފާނު މިވަނީ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

މިފަހަރު އެ ދޫނިތައް ވިހާ ، ހާލި ދޫކޮށްލި ވީޑިއޯ އެވެ. ދޫންޏަށް ޚާއްޞަކޮށް ބެލެހެއްޓި އެމަނިކުފާނުގެ ކާރުކޮޅު އަނެއްކާވެސް އެމަނިކުފާނު ބޭނުން ކުރައްވަން ލިބިވަޑައިގަތީއެވެ.

މި ވީޑިއޯއަށް ވެސް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވާއިރު އެތައް ބަޔަކު ވަނީ ވަލީއަޙުދަށް ތަޢުރީފްގެ ބަސްތައް ރައްދުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!