ޚަބަރު

ގޮންޖެހުންތަކާއެކުގައި ވެސް އުމްރާވެރިންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގައި އެމްއޭސީއެލް ސާބިތުވެ!

އައިކާ ޔުނާން ، ދެން އޮންލައިން
މިއަދު އުމްރާގެ އަޅުކަމަށް ފުރި ބަޔަކާއެކު އާއިލާއިން އެއާޕޯޓުގައި ---

މި ދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ދިވެހިންގެ އުމްރާގެ އަޅުކަމަށް ފުރާ ދުވަސްކޮޅެކެވެ. ރޯދަ މަސް ފެށިގެން ކޮންމެ ދުވަހަކު ހެން އެތައް ސަތޭކަ އުމްރާވެރިން މައްކާއަށް ފުރަމުން އަންނައިރު, މިއަދު ވެސް 613 އުމްރާވެރިއަކު ވަނީ ފުރައިފައެވެ.

Ads by Sosun Fihaara

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުރި ޖާގައިގެ ދަތިކަމާއެކުގައި ވެސް, ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުނި, އެމްއޭސީއޭލުން އަންނަނީ އުމްރާވެރިންނާއި އެ މީހުންގެ އާއިލާތަކަށް ފުރިހަމަ ހިދުމަތެއް ދެމުންނެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އުމްރާވެރިން ފުރުވުމަށް އެތައް ސަތޭކަ އާއިލާ މީހުން އެއާޕޯޓަށް އަންނަ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ އެއާޕޯޓުގައި އާއިލާއާއެކު އެ ހޭދަކޮށްލާ ވަގުތުކޮޅަކީ ރަނގަޅު, ހިތްހަމަޖެހޭ ވަގުތުކޮޅަކަށް ހެދުމަށް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ހުރިހާ ފަސިންޖަރުންނަށް ވެސް ރަނގަޅު މާހައުލެއް ފަހިކޮށްދީ, އެއާޕޯޓު އެކްސްޕީރިއެންސަކީ ރަނގަޅު އެކްސްޕީރިއެންސަކަށް ހަދަން," އޭނާ ވިދާޅުވިއެވެ.

މިއަދު މިހާ ގިނަ އަދަދެއްގެ އުމްރާވެރިން ފުރާފައިވާއިރު އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ކުންފުނީގެ އިސް އެހެން ބޭފުޅުން ވަނީ މިއަދު ފުރި އުމްރާވެރިންނާ ބައްދަލުކުރައްވައި, ހެޔޮ ދުއާ ކުރައްވައިފައެވެ.

އެމްއޭސީއެލުން އެދެނީ ގިނަ އަދަދެއްގެ ހިދުމަތް ހޯދާ މި ބާރުބޮޑު ދަނޑިވަޅުގައި, ދަތުރުވެރިން ކުރިއާލާއި އެއާޕޯޓަށް ގޮސް, އަވަހަށް ޗެކިން ވުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!