ދުނިޔެ

އުމުރުން ދުވަސްވީ ފަލަސްތީނު މީހަކަށް އިޒްރޭލުގެ ފުލުުހުން އަނިޔާކުރާ މަންޒަރު، ހިތް ފަޅައިގެން ދާވަރުވޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލުގެ ފުލުހުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް އަނިޔާ ކުރަމުން އަންނަ ވާހަކައަކީ އާވާހަކައަކަށް ނުވި ކަމުގައި ވިޔަސް، މިއީ އަބަދުވެސް އަހަރުމެން މުސްލިމުންގެ ލޯތައް ކަރުނައިން ފުރާލާ ވާހަކައެކެވެ.

Ads by Sosun Fihaara

ޒަމާނުއްސުރެ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާއާއި ދުއްތުރާތަކުގެ ޚަބަރުތައް ދުވަހުން ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ދާދި ފަހުން ވެސް މިވަނީ އެފަދަ ޚަބަރެއް ފެންމަތިވެފައެވެ.

ފަލަސްތީނުގެ އުމުރުން ދުވަސްވީ ފިރިހެނަކަށް އިޒްރޭލު އޮކިއުޕެންސީ ފޯސް (އައިއޯއެފް) ގެ ފުލުހަކު އެއްވެސް ރަހުމެއް ނެތި އަނިޔާކުރަމުން އަންނަ މަންޒަރު ފެނުމުން ހިތް ފަޅައިގެންދާވަރު ވެއެވެ.

https://www.facebook.com/102682754564996/posts/189413519225252/

އިޒްރެއިލުގެ ޔަހޫދީ ސިފައިންގެ ކިބައިން ފަލަސްތީނުގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން ސަލާމަތް ކުރައްވާތޯ އަޅުގަނޑުމެން އަބަދުވެސް ދުޢާ ކުރަމުއެވެ.
ހިތާމައަކީ މިކަންކަން ހުއްޓުވޭނެ، ދުނިޔޭގެ ނުފޫޒުގަދަ ޤައުމުތައް މިފަދަ ދަނޑިވަޅެއްގައިވެސް ނިދާފައި ތިބި ކަމެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް ބަލަން އެވެރިން ތިބީ ޝޯއެއް ބަލަން ތިބޭ ފަދައިންނެވެ.

ފަލަސްތީނުގެ ބިންތައް ހިފާ، އަނބިދަރީންގެ ޢިއްފަތް ފޭރިގަނެ، އުމުރުން ދުވަސްވީ މީހުންނާއި ޅަދަރީން އަދި އެތަކެއް ޒުވާނުންނެއް ވެސް ގަތުލުކުރާއިރު، އިންސާނީ ޙައްޤުތަކަށް ގޮވާ އެކަމުގެ މެޑަލް ޖަހާ ދުނިޔޭގެ ނުފޫޒުގަދަ ބާރުގަދަ ޤައުމަތަކަށް ކަހާތާ ހިރުވާ ނުލާ ކަމީ، ވަރަށް ވެސް ލަދުވެތި ޢަމަލެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!