Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މި އަހަރު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ބުނެފި

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މި އަހަރު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ބުނެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ އަދަދު އިތުރުކޮށްފައިވާ ކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެއެވެ.

އިމާދު މިއަދު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް ވަނީ ވިޔަފާރިވެރިންނަށް ބޭންކުން ޑޮލަރު ދޫކުރަމުން އަންނަ އިންސައްތަ ކުޑަކޮށްފައިވާ ކަމަށް ބުނެ ސުވާލު އުފައްދާފައެވެ. އެގޮތުން، ކުރިން 25 ޕަސަންޓަށް ޑޮލަރު ދޭކަމަށާއި، ނަމަވެސް އެ އަދަދު މިހާރު ވަނީ 10 ޕަސަންޓަށް ދަށްކޮށްފައި ކަމަށް ވިދާޅުވެ، މިކަން ސާފުކޮށްދިނުމަށް އެދިލެއްވިއެވެ.

Advertisement
Allied Insurance — Square (box)

މި ސުވާލަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ، ވިޔަފާރިވެރިންނަށް ދޫކުރާ ޑޮލަރުގެ ޕަސަންޓަށް ބަދަލު އައުމަކީ ބީއެމްއެލްގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. ބޭންކުތަކަށް ދޭ ޑޮލަރު މިދިޔަ އަހަރަށް ވުރެ އިތުރު ކޮށްފައިވާ ކަމަށާއި، އެނޫން ބަދަލެއް ގެނެސްފައިނުވާނެ ކަމަށް އިމާދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް