ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ 900އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް/ ފޮޓޯ: އަވަސް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 900 އެއްހާ ބިދޭސީން އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކޮންމެ ސަރުކާރުންވެސް މަސައްކަތް ކުރާހެން މި ސަރުކާރުންވެސް ދަނީ އެކަމަށް ހައްލެއް ހޯދޭނެ ގޮތްތައް ހޯދަމުންނެވެ.

މިއަދު ސެނަކޯ މާލަމުގައި ބޭއްވި ޕްރެސް ބްރީފިން އެއްގައި ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާން ވަހީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް ހަވާލުވިއިރު އެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ. އެ މީހުން މަދުކުރަން މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ޝައްމާނު ވިދާޅުވީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ބައިތިއްބާ ޑިޓެންޝަނުގެ ޖަގާހުރި ވަރަކުން ގެނެވޭ މީހުން ފޮނުވާލުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ޑީޕޯޓްކޮށްލެވުނު މީހުންގެ ސީދާ އަދަދެއް މި ވަގުތުން ދަންނަންވަން ދަތި، އެކަމަކު 900 އަށްވުރެ ގިނަވާނެ ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓް ކުރެވިފައި ހުރި އަދަދު

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތަފުސީލީ ދަފުތަރެއް އެކުލަވައިލަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ދަފުތަރު ހެދުމަށް ފަހު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލެވޭނެ ކަމަށެވެ.

އެ ޖަލްސާގައި އިހުސާން ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި ބަންގްލަދޭޝް 135،149 ޕާމިޓް ދޫކުރެވިފައިވާއިރު އެކަމަކު، ގަވާއިދުން ފައިސާ ދައްކައި ގަވާއިދާ އެއްގޮތަށް އަމަލުކުރަނީ އެންމެ 39،004 ޕާމިޓު ހޯލްޑަރުންނެވެ.

Ads by Allied Insurance
  1. ޙާނިމް

    ޙުސް ފިރިހެނުން. ޢަންހެނުން ނުބަލާ. ގަވާދާހިލަފަށް އުޅެ ކިތައް އަންހެނުން ފޮނުވާޅެވުނުތޮ ސުވަލުކޮށްބަލަ