ޚަބަރު އިޖުތިމާޢީ

ރައްޔތިުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް ނޭޅުން އެދެން: ފަހުމީ 

ފައިނާ ފާއިޒް ، ދެން އޮންލައިން
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މުވައްޒަފުން ކެނޑިނޭޅި ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަަތަށް ހުރަސް ނޭޅުމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ ހުސެއިން ފަހުމީ އެދިވަޑައިގެންފިއިއެވެ.

Ads by STELCO

ފަހުމީ މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

މާލެ ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށް ގާއިމުކޮށްފައިވާ ގްރޭޓާމާލެ އިންޓާކަނެކްޝަން ގްރިޑުގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތަށް އަދިވެސް ބަހައްޓަމުން ދާ ދިއުން އަދި މިހާރުވެސް މިފަދައިން ކަރަންޓު ވިއުގަ މަތީގައި ޖެހިފައި ހުރި ދަގަނޑު ހޮޅީ އަދި އިސްތިހާރު ބޯޑުހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

މި ކޭބަލް ވިއުގަތެރޭގައި ހިމެނޭ ކޭބަލްއަކަށް ގެއްލުމެއް ވެއްޖެ ނަމަ އެތަންކޮޅު މަރާމާތުކުރަން ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށާއި، މިފަދައިން ދިމާވެއްޖެ ނަމަ ގްރޭޓާމާލެ ސަރަހައްދަށް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް އެކި ހުރަސްތަކެއް އެޅިގެން ދާނެ ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައިއެވެ.

އެހެންކަމުން އިސްތިހާރުބޯޑުތައް ބެހެއްޓުމުގައި ކަރަންޓު ވިއުގައަށް ހާއްސަ ސަމާލުކަމެއް ދީގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފަހުމީ ވަނީ އިލްތިމާސް ކުރައްވާފައިއެވެ.

ސްޓެލްކޯއިން މީގެ ކުރިން ވަނީ ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑު ޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ސްޓެލްކޯއިން ވަނީ އަންގާފައެވެ.

އަދި އެއާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ހިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް، އޭގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!