އާންމު މަހަކާއި އެއްވަރަށް ރޯދަ މަހުގެ ފެނާއި ކަރަންޓު ބިލު ކެޕް ކުރަން ނިންމައިފި
އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބެލުމަށްފަހު، މި މަހުގެ ކަރަންޓު އަދި ފެން ބިލު ކެޕް ކުރަން ނިންމައިފިއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރައްވަންޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދުމަށް، އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލު ހުންނާނެގޮތަށް ކަންކަން ހަމަޖައްސާނެ ކަމަށް ރައީސް ވެފައިވާ ވަޢުދާ އެއްގޮތަށް، މި އަހަރުގެ މާރިޗް މަހުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލު ކުރާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.
އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހު ކަމަށާއި ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާއިރު މި އަހަރުގެ މާރިޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމެނުމަށް ހުރިހާ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވަނީ ބ. އޭދަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ.
ރައީސް ވިދާޅުވީ ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑުވުމަކީ އަބަދުވެސް އޮންނަ ޝަކުވާއެއް ކަމަށާއި ނަމަވެސް، މި ފަހަރުގެ ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށެވެ.
"އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި. އާންމު މަހެއްގަ ހުންނަ މިންވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އެ ކުންފުންޏަށް އަންގަވާފައިވާނެ ކަމަށެވެ.
ދެން އަނެއްމަހު ބިލް ހަގުނަ ބޮޑުވާނެ އެެއީ އަގުހެޔޮ ބޭންޑް ލިމިޓް ތައް ކަޓާގެންގޮސް އެންމެ އަގުބޮޑުކޮށް ކޮށް ޗާޖްކުރާ ބޭންޑްއަށް ވަންނާނީ