ޚަބަރު

ކުޑަ އީދުގައި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ހުޅުވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވާޑާން އަންނަ ކުޑަ އީދުގައި އަލުން ހުޅުވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވާ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ ވީރާނާވަމުންދިޔަ ފެން އަރުވާ ވަޑާން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މަރާމާތަށްފަހު އެތަން ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބިނާ ކުރި ތަނެކެވެ. އެތަން ބިނާކޮށްފައިވަނީ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!