Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފޭސް ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކައިފި

ފޭސް ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި ކަމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތުގެ ދަށުން 15 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.  އެޗްޑީސީން ބުނީ މަސައްކަތުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށާއި ދެވަނަ ބައިގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ. އަދި ފުރަތަމަ ބައިގައި އެކުލެވޭ ސަރަހައްދުގައި ދިހަ ހެކްޓަރު ހިމެނޭ ކަމަށާއި މިހާރު ދެވަނަ ބައިން ނިންމާފައިވާ ސަރަހައްދުގައި ފަސް ހެކްޓަރު ހިމެނޭ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

<img class="aligncenter wp-image-218285 size-full" src="https://cdn.dhen.mv/wp-content/uploads/2024/04/WhatsApp-Image-2024-04-04-at-17.34.46_ba64b5f2.jpg" alt="" width="1280" height="853" />

އެޗްޑީސީން އިތުރަށް ބުނީ މަޝްރޫއުގެ ދަށުން  63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

https://twitter.com/MMuizzu/status/1775851295947255891

ހުޅުމާލޭ ތިންވަނަ ފިޔަވަހީ ބިންހިއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުން ދިޔަ ވާހަކަތަކަށް އަމާޒުކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ކޮންމެ މަސައްކަތެއްގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން މި މަޝްރޫއު މަޑުޖެހުމަކަށް އައީ އެކަމަށް ބޭނުންވާ ވެލި ނުލިބިގެންކަމަށްވެސް ވިދާޅުވި އެވެ.

އެޗްޑީސީއިން އިތުރަށް ވަނީ ބިން ހިއްކަމުންދާ ސަރަހައްދުގެ ސައިޓް ބީ ގައި ހުރި އުޅަނދުތައް ނަގައި ދިނުމަށް އެދިފަ އެވެ. އަދި އެ ސަރަހައްދުން ނަގާ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް ފޯރުކޮއްދީފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް