ދީން

ހުތުބާގައި ގޮވައިލެއްވީ ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބުމަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބުމަށް ހުކުުރ ހުތުބާގައި ގޮވައިލައްވައިފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވައިލައިފައި ވަނީ "ރަމަޟާން މަހަށްފަހު ހެޔޮޢަމަލު ކުރުންމަތީ ދެމިތިބޭށެވެ" މިއެވެ.

ހުތުބާގައި ބުނީ މުސްލިމަކު ހެޔޮ ޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި، އެ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުން ކަމަށެވެ. އަދި ރަމަޟާން މަސް ވަކިވެގެން މިދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައި ކަމަށާއި ތިބާއީ ހެޔޮކަމަށް އެދި ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހިފާ މީހަކަށް ވާންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ެހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ ކަން ފާހަގަކޮށް ހުތުބާގައި ބުނީ ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް ވެސް ދެކިގެން ނުވާނެ ކަމަށެވެ.

އަދި ބައްޔެއްގެ ސަބަބުން, ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް، ސުންނަތް އަޅުކަމެއް ދޫވެއްޖެނަމަ، އެކަމެއް ފިލައިދިއުމުން،
އެ އަޅުކަމެއް ކުރަން އަވަސްވެގަންނަން ޖެހޭ ކަމަށާއި އެޛުރަކާހުރެ ދޫވި އަޅުކަންތަކުގެ ސަވާބު، الله ތައާލާ ފުރިހަމައަށް ދެއްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން އެންމެ ފަހުގެ މަންޒިލަކީ ކޮބައިކަން ހަނދާނަށް ގެންނާން ޖެހޭ ކަމަށާއި އެއީ އެތަނުގެ މޭވާތަކާއި، ގަސްތަކުގެ ހިޔާ އަބަދަށް ދެމިހުންނަ ސުވަރުގެ ކަަމަށް ހުތުބާގައި ބުންޏެވެ.

"އެ ގަސްތަކުގެ މޭވާ ބިނުމަށް ފަސޭހަކުރައްވާފައި ވެއެވެ. އެތާނގައި، ތަޣައްޔަރުކަމެއް ނުވާ ސާފުފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ އާރުތަކާއި، ބޯމީހުންނަށް އުފާވެރިކަމާއި، ހިތްހަމަޖެހުން ލިބޭނޭ ރާގެ އާރުތަކާއި، މީރު ބުއިންތަކާއި، ސާފު މާމުއިގެ އާރުތައް ވެއެވެ" ހުތުބާގައި ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!