ޚަބަރު

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މިހާގެ ބަންދަށް 15 ދުވަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by MWSC

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ނައިޖީރިއާ މީހަކީ، އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އޭނާ މިވަގުތު އޮތީ ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލް ކްލިނިކްގައި އެޑްމިޓް ކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ކްލިނިކުން ދޫކޮށްލުމުން، ގިނަވެގެން 24 ގަޑި އިރު ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރާނެއެވެ.

ބަންދުގައި ބަހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމާއި ތަހުގީގު ބަޔާނާއި ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓް ހުށަހަޅާފައިވާ ކަމަށެވެ.

މި މީހާ ހައްޔަރުކޮށްފައިވާއިރު ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ބެލެވޭ ޔޫރަޕު މީހަކުވެސް މި ހަފްތާގައި ހައްޔަރުކޮށްފައިވެއެވެ. މި އަހަރު ކުރީކޮޅު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެހި ފިިރިހެނެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!