މޫލީ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަން، ވައުޗާ ހޯދުމުގެ ފުރުސަތު
މި ފިތުރު އީދާއި ގުޅުވައިގެން މޫލީ އިން "ޝޮޕް އެންޑް ވިން" ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫއިން ބުނީ، މޫލީ މެދުވެރިކޮށް ކުރާ 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް 100 ރުފިޔާގެ ވައުޗަރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ވައުޗާ ބޭނުންކުރުމުން ދެން މޫލީ މެދުވެރިކޮށް ކުރާ ވިޔަފާރިން 100 ރުފިޔާ ކެނޑިގެން ދާނެއެވެ.
މި ޕްރޮމޯޝަން 30 އެޕްރީލްގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މޫލީ އަކީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ ޕްލެޓްފޯމެކެވެ. މޫލީ އިން އިލެކްޓްރޮނިކް ސާމާނާއި، ގެއަށް ބޭނުންވާ ސާމާނު އަދި ކާ އެއްޗެހި ލިބެން ހުންނައިރު، މި ޕްލެޓްފޯމް މެދުވެރިކޮށް ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ފޮނުވައިދެއެވެ.
އީދާއި ގުުޅުވައި އުރީދޫއިން ވަނީ އިތުރު ޕްރޮމޯޝަންތައް ވެސް ފަށާފައެވެ. އެގޮތުން، "އީދު ޕެކް" އަދި "ޗުއްޓީ ޕެކް" ތައާރަފް ކޮށްފައިވެއެވެ.
އުރީދޫއިން ބުނީ، އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެއެވެ. އަދި ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ގިފްޓް އަ ޕެކްއިން ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
އަދި ޓެކްސްޓް އަ ކޮފީ އުރީދޫ އެޕް މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ ލިބޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތުދެއެވެ.