ޚަބަރު

އައްޑޫ ފްލެޓްތައް މަރާމާތުކުރަން ފައިސާދޭން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު މީހުންނަށް ފްލެޓުތައް މަރާމާތު ކުރުމުގެ ފައިސާ ހަވާލުކުރަން ފަށައިފިއެވެ.

Ads by STELCO

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ފްލެޓުތަކުގެ މަރާމާތައް ހައުސިން މިނިސްޓްރީން ދީފައި ވަނީ ޖުމްލަ އެއް މިލިއަން ރުފިޔާ ކަމަށެވެ.

އެ ފައިސާ ދޫކުރާނީ ކުރަން ހުރި މަރާމާތަކީ ކޮބައިކަން ވަޒަން ކުރުމަށްފަހު ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގާއިމްކުރި އެ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އެގޮތުން ހިތަދޫން 264 ފްލެޓް ދޫކޮށްފައިވާ އިރު، ހުޅުދޫގައި އިމާރާތް ކުރި 48 ފްލެޓްގެ ތެރެއިން މިހާތަނަށް ދޫކޮށްފައި ވަނީ 20 ފްލެޓެވެ.

ބައެއް ފްލެޓުތަކުގައި މީހުން ދިރިއުޅެން މިހާރު ވަނީ ފަށާފައެވެ. ފްލެޓުތަކުގެ ޑައުންޕޭމަންޓަކީ 19،000 ރުފިޔާއެވެ. އަދި ފްލެޓުގެ އަގު ހަމަކުރުމަށް މަހަކު ދައްކަންޖެހެނީ 3000 ރުފިޔާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!