ޚަބަރު ސަރުކާރު

އަޅުގަނޑުގެ މައްޗަށް ބާރު ހިންގޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް: ރައީސް

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައިސް ޑރ. މުޙައްމަދު މުއިއްޒު

ރައިސް ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް ބާރު ފޯރުވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އައްޑޫ ސިޓީގައި މިރޭ ބޭއްވުނު ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައިސް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރާއްޖެ އެހެން ގައުމެއްގެ އަތް ދަށު ވެފައި ވާކަމާއި މެދު ކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ބިރަކީ ވެރިކަން ބަދަލު ވުމަށް ކުރިމަތިވި މައިގަނޑު އެއް ސަބަބު ކަމަށާއި، ނިމިދިޔަ ސަރުކާރުން ވަނީ ރާއްޖެއަކީ އަވަށްޓެރި އިންޑިއާއަށް ބާރުފޯރުވޭ ގައުމަކަށް ހަދާފައި ކަމަށް ރައިސް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު ވަނީ މި ސިފައިން އަނބުރާ އިންޑިއާއަށް ފޮނުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ފަށާފައި ކަން ރައިސް ފާހަގަކުރެއްވިއެވެ.

"ދެ ފަރާތުން އެއްބަސް ވެވި ޓައިމް ޓޭބަލެއް ހެދުނީ، ތިން ބެޗަށް ތިން ޕްލެޓްފޯމުގައި ތިބި ސިފައިން ފައިބާ ގޮތަށް. 9 އޭޕްރިލްގައި ވަނީ ދެވަނަ ޕްލެޓްފޯމުގެ ސިފައިން ފައިބާފައި ވަނީ." ރައިސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅާއެކު އައްޑޫ ސިޓީގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރާއެކު، މާޗު މަހުގެ 11 ވަނަ ދުވަހު އިންޑިއާ 26 ސިފައިން ވަނީ ފޮނުވާލާފައެވެ.

ކުރިއަށް އޮތް މޭ މަހުގެ 10 ވަނަ ދުވަހު އެއްބަސް ވުމާއި އެއްގޮތައް، އިންޑިއާ ސިފައިންގެ ފަހު ޕްލެޓްފޯމުގައި ތބި ސިފައިން އަނބުރާ އިންޑިއާއަށް ފޮނުވާލެވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވައިފައެވެ.

އިތުރަށް ރައިސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރައްޖެއަކީ މިނިވަން ކަމާއި އެކު، ހަމަނުޖެހުންތަކާއި ނުލާ ދެމި އޮންނާނެ ގައުމެއް ކަމުގައި ހެއްދެވުން ކަމަށެވެ. އަދި އެކަން ޔަގީންކުރުމަށް ކުރައްވަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ރައިސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!