ފޭސް ދޭއް ކައިރިން މޫދަށް އެރި އުޅުނު މީހަކު ގެއްލިގެން ހޯދަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް އެރިއުޅެނިކޮށް ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ޏ. ފުވައްމުލައް, ދޫޑިގަން, ނިއުވެލީ އިބްރާހީމް ޝަހީން 37 އެވެ.
ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިރޭ 21:30 ހާއިރު ކަމަށެވެ.
މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފާއި، މެރިން ޕޮލިހަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
Ads by HDC