Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދެ ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ހޯދަނީ

ދެ ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ހޯދަނީ

ދެ ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ބޭނުންވާތީވެ އެ ވަޒީފާ އަށް މީހުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

އިއްޔެ ސަރުކާރު ގެޒެޓްގައި ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އެ ކޮމިޝަނުން އިސް މެޖިސްޓްރޭޓުން ހޯދަމުން ދަނީ <a href="https://www.gazette.gov.mv/iulaan/285488">ހދ</a> އަދި <a href="https://www.gazette.gov.mv/iulaan/285490">ގއ</a> ޖުޑީޝަލް ދާއިރާއަށެވެ.

އިސް މެޖިސްޓްރޭޓުގެ އަސާސީ މުސާރައަކީ މަހަކު 28،350 ރުފިޔާއެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ހެލްތް އިންޝުއަރެންސްއާ ފޯނު އެލަވެންސް ލިބޭނެއެވެ.

Advertisement
Allied Insurance — Square (box)

އިއުލާނުގައި ބުނީ ގއ ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ ގއ.ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުންގެންދާ ފަރާތަކަށްވާން ޖެހޭ ކަމަށެވެ.

އަދި ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓަށް މަގާމަށް ކުރިމަތިލާ ފަރާތަކީ ހދ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށްވާން ޖެހޭނެ ކަމަށެވެ.

ދެ ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 25 ދުވަހުގެ 12:00 އާ ހަމައަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް