ޚަބަރު

ރާއްޖެއިން ބޭރުގައި ވޯޓުލާ ގަޑި އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން/ ފޮޓޯ: އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައިވެސް ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.

Ads by MWSC

އީސީން ބުނީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑިއަށް އެއް ގަޑި އިރާއި 30 މިނެޓް އިތުރުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ވޯޓުލުން ކުރިޔަށްދާނީ އިންޑިއާ (ޓްރިވެންޑްރަމް)ގައި ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް, ސްރީލަންކާ (ކޮލަމްބޯ)ގައި ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް, މެލޭޝިއާ (ކުއަލަލަމްޕޫރު)ގައި ހެނދުނު 11:00 އިން ރޭގަނޑު 8:30އަށެވެ.

ބޭރު ޤައުމުތަކުގެ އިތުރުން ރާއްޖޭގައި ވޯޓުލުން ކުރިޔަށްދާ ގަޑިވެސް އީސީން ވަނީ އިތުރުކޮށްފައެވެ. ރާއްޖޭގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!