ޚަބަރު

15000ރ ގެ އިނަމާކާއެކު އުރީދޫގެ އީއޭއެފްސީ ޗެމްޕިއަންޝިޕް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް ގައި އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއް މިއަދު ފެށިއްޖެއެވެ.

Ads by STELCO

މި މުބާރާތް ފެށުމުގެ ގޮތުން އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސާ މަލްކަން ސިންގް ތަންވާ އަދި ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޝަބީން އަލީ ފުރަތަމަ މެޗު ކުޅުނެވެ.

ތިން ދުވަހަށް ދެމިގެންދާ މި މުބާރާތުގައި 20 އޭޕްރިލްގައި ފައިނަލް މެޗު ކުޅެވިގެންދާނީ ރައުންޑް ރޮބިން ސްޓައިލަށް 3 ކުޅުންތެރިންގެ މެދުގައެވެ. މި މުބާރާތަށް 15000 ރ ގެ އިނާމެއް ހުށައަޅާފައިވާއިރު އެއްވަނަ ލިބޭ ކުޅުންތެރިޔާ އަށް 8000ރ، ދެވަނައަށް 4500ރ އަދި ތިން ވަނައަށް 2500ރ ލިބޭނެއެވެ.

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވާކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލެވޭނެއެވެ.

"އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!