ޚަބަރު

އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން ރައީސަށް ކުރެއްވި އިތުބާރާއި ތާއީދު: ޝިޔާމް 

ރައުފާ ރަޝީދު ، ދެން އޮންލައިން

އިއްޔެ ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން ރައީސަށް ކުރެއްވި އިތުބާރާއި ތާއީދު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މަޖިލީސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން 70 އަށްވުރެ ގިނަ ގޮނޑި ނަގާނެ ކަމަށް ރައީސް ޑރ މުހައްމަދުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އަދަދު ދިމާވެފައިވާކަމަށާއި މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާއި އެބޭފުޅުންގެ ޓީމްތަކަށް މަރުހަބާދަންނަވާ ކަމަށެވެ.

އަދި މީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެންމެ ފަހުގެ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލު ކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.

Ads by HDC
  1. ޔަގީނޭ

    ޕީއެންސީ ނަމުގައި ކެންޑިޑޭޓުން ނެރެފައި މުއިއްޒު އެމެންނަށް ހަރާމްކޯރުވެފައި ޕީއެންސީ އަށް އެއްވެސް ޚިދްމަތެއް ނުކުރާ ބޭރުން އަންނަ ބަޔަކަށް ތާއީދު ކުރާނީ އެއީ ޔަގީނުން ވެސް ރިޝްވަތުގެ ފައިސާ ގައި މުއިއްޒު ޖެހުނީމާ ކަން އެއީ ޔަގީނުން ވެސް އިނގޭ ކަމެކޭ ވަރަށް ރީއްޗަށް ނިމިގެންދާނެ ވެރިކަމެއް މީ އެއްވެސް ހަމައެއް އުސޫލެއް އޮންނަ މީހެއް ނޫނޭ މުއިއްޒު އެއީ މުއިއްޒުގެ ސަބަބުންނޭ މާލޭގެ މަގުމަތީގައި ބުޅާ ވެސް ގިނަވީ އޭނާ އެއް ކަމެއް ވެސް މާލެ އަކަށް ނުކުރެއޭ އޭނާ އެއީ މަކަރާއި ހީލަތުން އުޅޭ މީހެއް ކަން އެއީ ޔަގީން ކަމެކޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ…

  2. ޔަގީނޭޔަގީނޭ

    ޕީއެންސީ ނަމުގައި ކެންޑިޑޭޓުން ނެރެފައި މުއިއްޒު އެމެންނަށް ހަރާމްކޯރުވެފައި ޕީއެންސީ އަށް އެއްވެސް ޚިދްމަތެއް ނުކުރާ ބޭރުން އަންނަ ބަޔަކަށް ތާއީދު ކުރާނީ އެއީ ޔަގީނުން ވެސް ރިޝްވަތުގެ ފައިސާ ގައި މުއިއްޒު ޖެހުނީމާ ކަން އެއީ ޔަގީނުން ވެސް އިނގޭ ކަމެކޭ ވަރަށް ރީއްޗަށް ނިމިގެންދާނެ ވެރިކަމެއް މީ އެއްވެސް ހަމައެއް އުސޫލެއް އޮންނަ މީހެއް ނޫނޭ މުއިއްޒު އެއީ މުއިއްޒުގެ ސަބަބުންނޭ މާލޭގެ މަގުމަތީގައި ބުޅާ ވެސް ގިނަވީ އޭނާ އެއް ކަމެއް ވެސް މާލެ އަކަށް ނުކުރެއޭ އޭނާ އެއީ މަކަރާއި ހީލަތުން އުޅޭ މީހެއް ކަން އެއީ ޔަގީން ކަމެކޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ…

  3. ފެންނަނީއޭ

    މުއިއްޒު އަކީ އެއީ ބަތާހަރާމީ ހަރާމްކޯރެއް ކަމުންނޭ ޕީއެންސީގެ އުސޫލު ތައް މުގުރާފައި އަނާރާ 20 މިލިއަން ރުފިޔާގެ ކަޓެއް ދިނުމުން ޕީއެންސީ ޕްރައިމަރީން ހޮވުނު ފަކީރު ނަގާ ސައްޕެއް ޖަހާ ބޭރުކޮށްލާ ހަދާ އޭނާ އަނާރާ އަށް ތާއީދު ކުރާނީ ދެން މިވަރުގެ މީހަކަށް އިންޑިއާ ސިފައިން ބޭލޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ އިންޑިއާ އަތުން ވެސް ކަޓް ކާލައިގެން އެމެން ހުސް ޖަނގިޔަލުގައި އައްޑޫގައި ދާއިމަށް ބައިތިއްބާފައި އޭނާ ބުނީ އިންޑިއާ ސިފައިން ބޭލީއޭ ބަދަލުގައި އޭނާ އަށް އިންޑިއާ އެމްބަސީން 250 މިލިއަން ޑޮލަރު ދިނޭ މިކަންކަން އަދި ފަޅާ އަރާނެއޭ މިއަހަރު ނިމޭ ތަނުން މިހާރު ފެނެއެއް ނޫންތޭ އޭނާ މިނިސްޓަރު ކަމުގައި ކުރި ވައްކަން ތައް ކުރި ގޮތް ވަރަށް ރަނގަޅަށް ސީދާ މަލްއޫނެއޭ މުއިއްޒު އެއީ ދިވެހިންގެ ކަރަށް ހަރާމް ފައިސާ އަޅައިގެން ކަނޑުކޮހުން ތަކެއް މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ހޮވައިގެން އޭނާ ކުރަން އުޅެނީ މިގައުމު ދެވަނަ ފަލަސްތީނަށް ބަދަލު ކޮށްލުމޭ ފަލަސްތީނު މިހާރު އެތަހައްމަލް ކުރަނީ މުއިއްޒު ފަދަ ހަރާމްކޯރު ބަތާހަރާމީ އަކު ފަލަސްތީނު ބިން ކަޓް ނަގައިގެން ޔަހޫދީންނަށް ދިނުމުން ކުރާ ހިތާމައޭ މިހާރު އެފެންނަނީ…

  4. ވަގުންނޭ

    ފެންދީފައި ކަތިލާނީ އެތަން މިފެންނަނީ އަދި ތަމެންނަށް ދައްކުވާނެ މީގެ އަނެއް ކޮޅު ބަލަން ތިބޭ ބަޔަކަށް އެތަން ފެންނާނެއޭ މީ ދުނިޔޭގެ ތަޖްރިބާއޭ ތިޔާ ގޮތަށް ފުއްޕާފައި މީހަކު އުޅުނު ވާތަށް ނޭގި ކަނާތުން ކަންކުރާ މީހަކު މިއަދު އޭނާ އެއޮތީ އެފްރިކާގެ ޖަންގައްޔަކަށް ގޮސް އެތަނުގެ ގަސް ބަލަހައްޓަންދޯ ޔަގީނުން ވެސް އިނގޭ އެއްޗަކީ މިވެރިކަން ފެށުމުގައި ވަރަށް ބޮޑު ނުބައެއް މުއިއްޒުގެ ނިޔަތުގައިވާ ކަން އެކަން ދެން ރަނގަޅު ކުރެވޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ އެހެވޭ އުޑުގައި ޖެހިފައި ބިމުގައި ޖެހިފައި ތަމެން ފެލުނަސް އެކަން އޮންނާނީ އެހެންނޭ އިނގޭތޭ…