ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ރޭ މާވަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމުގެ ރިކޯޑް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްފުޅުގައި އޮތުމުން މި ސަރުކާރުގެ ބޭފުޅުން ހިތަށް ކެތް ނުވިޔަސް ކުރެވޭނެ އެހެން ކަމެއް ނޯންނާނެ ކަމަށެވެ.
"ގައުމު ތަރައްގީ ކުރަން ބޭނުންވާ ވަސީލަތް މި ސަރުކާރަށް ލިބުނަސް އެ ވަސީލަތްތަކުގެ ބޭނުން ހިފަން އެނގޭވަރުގެ ގާބިލުކަމެއް މި ސަރުކާރަކު ނެތް" ސައީދު ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ސާބިތު ކަމާއެކުގައި ކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އެމަނިކުފާނުގެ ސާބިތުކަން ގުޅިފައިވަނީ ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕަށް އޮތް އިތުބާރާ އާންމު މެމްބަރުންގެ ސާބިތު ކަމުގެ މައްޗަށް ކަމަށެވެ.