ޚަބަރު

މަތީ ތައުލީމު ލޯނަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކޮލެޖެއްގެ ގްރެޖުއޭޝަން ހަފްލާގެ ތެރެއިން

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޫކުރާ ލޯނަށް ހުށަހުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by STELCO

ސަރުކާރުން ދޫކުރާ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އިއްޔެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، ލޯނަށް ހުށަހެޅުމުގެ މުއްދަތު އަންނަ މޭ މަހުގެ ދޭއްގެ 13:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ފަހަރު ލޯނަށް އެދުމަށް މިނިސްޓްރީން 500 ފުރުސަތު ހުޅުވާލައިރު އެ ލޯނުތައް ދޫކުރާނީ ދެ ސްކީމަކަށް ބަލާހައިގެންނެވެ. އެ ސްކީމުތަކަކީ މުޅިން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނެވެ.

ލޯނު ދޫކުރާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުުތުތަކުގެ ތެރޭގައި އުމުރުން 16 އަހަރު ފުރިފައިވުމާއި ދިވެހި ރައްޔިތެއް ކަމުގައިވުން ހިމެނެއެވެ. އަދި ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުމާއި  އެމްއެންކިއުއެފްގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމް/ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށްވުން ހިމެނެއެވެ.

މިނިސްޓްރީގެ އުސޫލުގައިވާ ގޮތުންނަމަ ރާއްޖެއިން ބޭރުގައި ކިޔަވަން ލޯނަށް ކުރިމަތިލެވޭނީ ޕްރޮގްރާމަކީ ރާއްޖެއިން ހެދެން ނެތް ޕްރޮގްރާމެއް ނަމައެވެ.

މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!