ޚަބަރު މުނިފޫހިފިލުވުން

މޯދީގެ ޓްވީޓަރ އެކައުންޓު ހެކު ކުރީ ޕަބްޖީ ކުޅުން މަނާ ކުރުމުންބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދުގެ އިރު އަރައިގެން އައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދެރަ މޯދީގެ ޓްވިޓަރ އެކައުންޓު ހެކް ކޮށްގެން އުޅޭ ކަމުގެ ޚަބަރުތަކާއެކުއެވެ. ހެކު ކޮށްފައިވަނީ އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓެވެ.

Ads by MWSC

މި އެކައުންޓް 2.5 މިލިޔަން މީހުން ފޮލޯ ކުރަމުން އަންނައިރު، ރޭ މިއެކައުންޓްއިން ވަނީ ވަގު ރިލީފް ފަންޑަކަށް ފައިސާ ޖަމާ ކޮށްދިނުމަށް އެދި ޓްވީޓްތަކެއް ކޮށްފައެވެ.

ޓްވިޓަރ އިން ބުނެފައިވަނީ، މިފަދަ މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި މިހާރު ތަޙްޤީޤް ކުރަމުން އަންނަ ކަމަށާއި ފައިސާ ޖަމާ ކޮށްދިނުމަށް އެދި ކުރި ޓްވީޓްތައް މިހާރު ޑިލީޓް ކޮށްލާފައިވާ ކަމަށެވެ.

މޯދީގެ ޓްވިޓަރ އެކައުންޓު ހެކު ކޮށްފައިވާއިރު އޭގެ ގަޑިއިރުތަކެއް ކުރިން އިންޑިއާގެ ސަރުކާރުން ވަނީ އެ ގައުމުގައި ޕަބްޖީ ކުޅުން މަނާ ކޮށްފައެވެ. އިންޑިއާގެ ގިނަ ބަޔަކު ކުޅޭ މި ގޭމް ކުޅުން މަނާ ކުރުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ޕަބްޖީ ކުޅުން މަނާ ކުުރުމުގެ ސަބަބުން އިންޑިއާގެ ގިނަ ބަޔަކު ވަނީ މޯދީ އާއި ސަރުކާރަށް ފާޑު ކިޔާފައެވެ. މޯދީގެ ފޮޓޯ ބޭނުން ކޮށްގެން ފާޑުފާޑުގެ މީމްތައްވެސް މީސްމީޑިއާގައި ވަނީ އާންމު ކޮށްފައެވެ.

ޕަބްޖީ ކުޅުން މަނާ ކުރުމުގެ ސަބަބުން ޓްވިޓާގައި ވެސް އިންޑިއާގެ އެތައް ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އެހެން ކަމުން މޯދީގެ ޓްވިޓަރ އެކައުންޓު ހެކު ވުމާއި އިންޑިއާގައި ޕަބްޖީ ކުޅުން މަނާ ކުރުމާއި ގުޅުމެއް ވެދާނެ ކަމުގައި ލަފާ ކުރެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!