ޚަބަރު

އޮކްސިޖަން ނުލިބިގެން އެމްބިއުލާންސުގައި މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ހެލްތް މިނިސްޓްރީ، ފޮޓޯ:ރާއްޖެ އެމްވީ

ތ. އަތޮޅު ހޮސްޕިޓަލުން މާލެ ގެންދަން ފޮނުވާލި ބަލި މީހަކު، އެ އަތޮޅު ތިމަރަފުށީ އެއާޕޯޓަށް ގެންދިޔަ މަގުމަތީގައި އޮކްސިޖަން ނުލިބިގެން އެމްބިއުލާންސްގައި މަރުވި މައްސަލައެއް ހެލްތް މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.

Ads by STELCO

ތިމަރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އާދަމް ނަސީރު ''ދެން'' އަށްވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެއީ އަތޮޅު ހޮސްޕިޓަލުން މާލެ ގެންދަން ފޮނުވާލި ބަލި މީހެއް ކަމަށާއި، އޭނާ މަރުވީ ރަންވޭއަށް އެއާ އެމްބިއުލާންސް ޖެއްސި ފަހުން ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ނެތް ކަމަށް ނަސީރު ވިދާޅުވިއެވެ.

އެއީ އިންސިޑެންޓްއެއް. އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތް ކަމެއް ނޫން. އެމްބިއުލާންސްގައި ދަތުރުކުރި ބަލިމީހާ ނިޔާވީ އެއާއެމްބިއުލާންސް ރަންވޭއަށް ޖެއްސި ފަހުން. ޑޮކްޓަރުންނާއި ނަރުހުންގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވިފައިވާނީ

މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތ. އަތޮޅު ރަށެއްގައި އެމްބިއުލާންސްގައި އޮކްސިޖަން ނުލިބިގެން ބަލި މީހަކު މަރުވި މައްސަލަ އެއް އެ މިނިސްޓްރީއިން ތަހުގީގް ކުރަމުންދާ ކަމަށެވެ. އެ މައްސަލައަކީ ތަހުގީގް ކުރަމުންދާ މައްސަލައަކަށްވާތީ، އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!