ސްމާޓް މީޓާ މެދުވެރިކޮށް ބިލަށް އަރާވަރު ވަގުތުން ބެލޭ ގޮތް ހަދަނީ
"ސްމާޓު މީޓާ" މެދުވެރިކޮށް, ކޮންމެ ދުވަހަކު ބިލަށް އަރާ ވަރު ލައިވްކޮށް ބެލޭގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.
މި ޕްރޮޖެކްޓު ދ. އަތޮޅުގައި ފެށިގެން ކުރިއަށްދާ ކަަމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.
މާނައަކީ މާދަމާ ނިމޭއިރުގައި މިހާރު ބިލަށްއަރާފަ ވާވާރު އިނގޭނެ. އެހެން ވީމަ އެނގޭނެ އިތުރަށް ކޮންޒިއުމް ކުރަން. ނޫނީ އިތުރަށް އެކޮނޮމައިޒް ކުރަން ކަސްޓަމަރުންނަށް ކޮންޒިއުމް ކުރާ ފަރާތްތަކަށް މަގުފަހިވެގެން ދާނެ.” މުއާޒު ވިދާޅުވިއެވެ.
ރަމަޟާން މަހާއި ދިމާކޮށް ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑުވުމަކީ ރާއްޖޭގައި އަބަދުވެސް ކުރެވެމުން އަންނަ ޝަކުވާ އެކެެވެ. މުއާޒު ވިދާޅުވީި ގޮތުގައި މި ފަހަރު ކަރަންޓު ބިލު ބޮޑުވީ ރޯދަމަސް، ހޫނު މޫސުމާއި ދިމާވުމުން ކަމަށެވެ.
ނަމަވެސް ސްމާާޓް މީޓާ ބޭނުން ކޮށްގެން ކޮންމެ ދުވަހަކަ ބިލަށް އެރި ވަރު ފެންނަން ހުންނާނެ ކަމަށާއި އޭރުން ކަރަންޓުގެ ހަރަދު ދެމެހެއްޓެނިވި އަދަދެއްގައި ބެހެއްޓުމަކީ ފަސޭހަކަމަކަށް ވެގެން ދާނެ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
އަދި މި ޚިދުމަތާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް މުއާޒު ވަނީ ފަހާގަކުރައްވާފައިއެވެ.
މިހާރު ދ. ކުޑަހުވަދޫގައި މި ޚިދުމަތް ވަނީ އެ ހިދުމަތް ދޭން ފަށާފައެވެ.
ސްމާރޓް މީޓަރު ލުމުން ކަރަންޓް ޚަރަދު ކުޑަކުރެވޭނެ ކަމަށް ފެނަކައިގެ ބޮޑޭ ބުންނަސް އެއީ ކަނޑުގައި އަޅާލާ ރޮނގެކޭ އޭނާ އަކީ އެއީ ދަ ކިއްލި ތަޅާ ކިޔަވައިގެން އައިސް ހުރި ކަނޑުކޮހެކޭ އޭނާ އަށް އިންޖިނިއަރިންގްގެ އަލިފުބާ ވެސް ނޭގފޭނެއޭ ނުވެސް އިނގޭނެއޭ އޭނާ އުމުރު ދުވަހު އެމަސައްކަތް ކުރި ނަމަވެސް ސްމާރޓް މީޓަރު އެއީ އެކްޓިވް ކޮމްޕޯނެންޓެއް ނޫނޭ އެއީ ޕެސިވް ކޮމްޕޯނެންޓް އެކޭ އެއީ އެނަރޖީ މެޝަރ ކުރުމަށްޓަކައި ބޭނުންކުރާ އިންސްޓްރުމެންޓެކޭ އެބޭނުން ކުރިއަސް ނުކުރިއަސް ކަރަންޓް ޚަރަދު ކުޑަނުވާނެއޭ ޕެސިވް ކޮމްޕޯނެންޓް އެއީ ކަރަންޓް އުފައްދާ ކޮމްޕޯނެންޓެއް ނޫނޭ އެއީ އެހެން ސޯސް އަކުން އުފައްދާ ކަރަންޓް ބޭނުންކުރާ ތަކެއްޗަށް ކިޔާ ނަމެކޭ ކަނޑުކޮހުންނޭ ތަމެން ރަށަށް ގޮސް ރަށުމީހުން އެއްކޮށްގެން ހޮޅު އަށީގައި ތިޔާ ޒާތުގެ އެއް ހިއްސު މަދު ކަނޑުކޮސް ވާހަކަ ދެއްކިއްޔާ މާބޮޑަށް ތާހިރުވާނެއޭ ބުނަން މަމެން ނެތީމޭ…