ގުރައިދޫގައި ފެންބޮޑުވެ 50 ގެއަކަށް އޭގެ އަސަރުކޮށްފި

އިއްޔެ ހަވީރުން ފެށިގެން ކ. ގުރައިދޫ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ގުރައިދޫ ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ޝަލީޒް ''ދެން'' އަށް ވިދާޅުވީ މިހާތަނަށް 50 ގެއަކުން ފެން ވަދެވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ރިޕޯޓް ކުރި ގެތަކުގެ މައުލޫމާތު އެއްކުރަމުންދާއިރު އެ އަދަދު އިތުރުވެދާނެ ކަމަށް ޝަލީޒް ވިދާޅުވިއެވެ. މިހާތަނަށް އެއް ގޭގެ މީހުން އެހެންތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފުން ރޭ ބުނީ، ފެން ހިންދުމުގު މަސައްކަތަށް ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ. ޝަލީޒް ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.