ޚަބަރު

65 އަހަރުން މަތީގެ މީހުން އައިޑީކާޑު އާކުރަން ނުޖެހޭގޮތް ހަދަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އުމުރުން ދުވަސްވީ މީހުންތަކެއް، ފޮޓޯ: މިހާރު

އުމުރުން 65 އަހަރުން މަތީ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމަށް ހުށަހަޅައި، މަޝްވަރާކުރަން ފަށައިފިއެވެ.

Ads by MWSC

އައިޑީކާޑާއި ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީހަށް ބަދަލު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅި ގަރާރާއި ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް ޑިޕާޓްމެންޓު އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އާއި އިމިގްރޭޝަން ހާޒިރު ކޮށްފައިވެއެވެ.

މިއަދުގެ ކޮމެޓީ ޑީއެންއާރުގެ ފަރާތުން ލޯކަލް ގަވަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވީ، އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު އާ ކުރަން ޖެހުމަކީ ގިނަ ފަހަރަށް އެ މީހުންނަށް އެތައް ތަކުލީފަކާއި ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަބަދުވެސް ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

"[އުމުރުން] 65 އަހަރުން މަތީގެ ބޭފުޅުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައި ވާނީ. ކެބިނެޓުން ފާސްކުރިހާ އަވަަހަކަށް އެ ނިންމުމަށް އަމަލުކުރަން ފެށޭނެ" ޔޫސުފް ވިދާޅުވި އެވެ.

އާންމުކޮށް އަމަލުކުރާ އުސޫލަކީ ކުޑަކުއްޖަކު އަލަށް އުފަންވުމަށް ފަހު ހައްދާ އައިޑީ ކާޑު، އެ ކުއްޖާގެ އުމުރުން 10 އަހަރު ފުރުމާ ހަމައަށް ބޭނުން ކުރުމެވެ. އޭގެ ފަހުން އުމުރުން 40 އަހަރު ފުރެންދެން ކޮންމެ ފަސް އަހަރަކުން އަދި، 40 އަހަރުން މަތިވުމުން 10 އަހަރަކުން އައިޑީކާޑު އާ ކުރަން ޖެހެއެވެ.

Ads by HDC
  1. އަލީ

    ތިގޮތައް އައިޑީކާޑު ބަދަލުމަކީ65 އަހަރުންމަތީމީހުންކާޑުހެދުމަށްޖެހޭތަކުލީފުތަކަށް ހުއްޓުމަކަށްއަންނާނެމެއްކަމުގައިދެކެން!