އިމްރާން ފުލުހަށް އެކްސިޑެންޓް ރިޕޯޓްކުރީ ގާނޫނީ ޒިންމާ އަދާކުރަން: އަދާލަތު
ކުރީގެ ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ކާރުކޮޅުގައި މިއަދު ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓް ފުލުހަށް ރިޕޯޓްކުރި ކަމަށާއި އިމްރާން އެ ގޮތަށް އަމަލު ކުރެއްވީ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އިމްރާނުގެ ދިފާއުގައި އަދާލަތުގެ އެކްސް އެކައުންޓުން ޕޯސްޓެއް މި ކުރީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް (އިންމު) އެ ސީނަށް ވަޑައިގެން، ޕިކަޕް ޑްރައިވަރަށް އިމްރާން މައާފު ދެއްވުމަށް އެދިވަޑައިގެން ދައްކަވާ ވާހަކައެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވަނިކޮށެވެ.
އަދާލަތު ޕާޓީން ބުނީ، އޭރު އިމްރާނާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ޔުމްނާއާއި ޕިކަޕް ޑްރައިވަރު މަޑުކޮށްގެން މަގުމަތީގައި ތިއްބެވީ ސީނަށް ފުލުހުން ހާޒިރު ވަންދެން ކަމަށެވެ.
"މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަމެވެ." އަދާލަތު ޕާޓީގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.
ވީޑިއޯއިން ފެންނަނީ އިންތިހާބީ މެންބަރު އިންމު ވާހަކަ ދައްކަވާ މަންޒަރެވެ. އިމްރާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ ހުންނެވީ އެވެ. ޑްރައިވަރު ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ. އިންމު ވިދާޅުވަމުން ގެންދެވީ އެއީ އާދައިގެ މީހެއް ކަމަށާއި އޭނާއަށް މާފު ދިނުމަށް ކަމަށެވެ. އަދި މާފު ދެވެން ނެތް ނަމަ، ލިބުނު ގެއްލުމަށްވާ ފައިސާ އޭނާ ދައްކަވާނެ ކަމަށް އިންމު ވިދާޅުވާ އަޑު އިވެ އެވެ.
ދެން މިތަނުން އެންމެ ހެވީކާކުކަން ﷲމޮޅަދެވޮޑިގެން ވޭ ހަނުހުރިމީހަކާ މަޑުން ނުހުރެވިގެން ބޮލިރަވައެހެން ކަންދެކެން ތެޅޭމީހަކާ ތަފާތެވެ
ރުޅިއައިސް ރަތްވެފަ ހުރި ފޭކް ޝޭހު ހެޔޮކަން ބޮޑެއް ނޫން