މޯލްޑިވިއަން އިން ކޮޗިން އާއި، ޓްރެވިންޑްރަމް އަށް އިތުރު ދަތުރުތަކެއް

މި ހިނގާ ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިންއާއި ޓްރެވިންޑްރަމްއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަންއިން ޓްރިވެންޑްރަމްއަށް ފްލައިޓްތައް އިތުރުކުރީ މެއި، 6 އާއި މެއި، 10 އަދި މެއި، 20 ގައި ދަތުރު ކުރުމަށެވެ. މާލެއިން ޓްރެވިންޑްރަމަށް ރޭގަނޑު 19:35 އަށް ޝެޑިއުލް ކުރިއިރު ޓްރެވިންޑްރަމްއިން މާލޭގެ ޝެޑިއުލް ހަމަޖެހިފައި ވަނީ 22:30 އަށެވެ.
އަދި ކޮޗިންއަށް ކޮޗިންއަށް ފްލައިޓްތައް އިތުރުކުރީ މެއި، 8 އާއި މެއި، 17 އާއި މެއި، 21 އަދި ޖޫން، 19 އަށެވެ. މާލެއިން ކޮޗިންއަށް ރޭގަނޑުގެ 19:35 އައި، ކޮޗިނުން މާލެއަށް 22:35 ގައި ދަތުރު ކުރުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.
ކޮޗިން, ޓްރިވެންޑްރަމްގެ އިތުރުންވެސް ޗުއްޓީ ދުވަސްތަކާއި ދިމާކޮށް ޑިމާންޑު ބޮޑުވުމުން ރާއްޖޭގެ އިތުރު މަންޒިލްތަކަށްވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ދަތުރުތައް ބޭއްވުމަށް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.