ޚަބަރު

މަސްވެރިކަމާ ބެހޭ ކޮލެޖުގެ ކިޔެވުން އޮގަސްޓުމަހު ފަށަނީ

އައިކާ ޔުނާން ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގާއިމްކުރާ މަސްވެރިކަމާ ބެހޭ ކޮލެޖުގެ ކިޔެވުން އަންނަ އޮގަސްޓު މަހު ފެށޭނެ ކަމަށް ގައުމީ ޔުނިވާސިޓީ, އެމްއެންޔޫއިން ބުނެފިއެވެ.

Ads by STELCO

އެމްއެންޔޫއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ އެ ކޯސްތައް ފެށުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރެވެމުން އަންނަ ކަމަށެވެ.

މާލޭގައި ގާއިމް ކުރާ މި ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވަރސިޓީގައި މިހާރުވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ހިމެނޭނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޔޫއިން އަންނަނީ ދަނޑުވެރިކަމާ ބެހޭ ކޮލެޖެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ޝެހެނާޒް ވިދާޅުވީ, މި ކޮލެޖު ގާއިމް ކުރާނީ ރާއްޖޭގެ ބިންބޮޑު ރަށެއްގައި ކަމަށެވެ.

މިހާރު އަންނަނީ މި ކޮލެޖުގެ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކަމަށާއި ކޯސްތައް ހިންގުމަށް ޔުނިވަރސިޓީގެ ކޮމިޓީ އޮން ކޯސަސްއިން ހުއްދަ ދިނުމާއެކީގައި އެމްކިޔުއޭގެ ހުއްދައަށް އެދޭނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!