ތުވާލި މާބޮޑަށް ހަރީތަ؟ ވަރަށް ފަސޭހައިން މަޑުކޮށްލެވިދާނެ!

ބުރަ މަސައްކަތުގައި އުޅުމަށްފަހު ފެންވަރާލުމަކީ ހަށިގަނޑަށް އަރާމު އިޙްސާޞް ކުރުވާ ކަމެކެވެ. މިއާއެކު ފެންވެރުމަށްފަހު ފެންހިއްކާލުމަށް މަޑު ތުވާއްޔެއް ބޭނުން ކުރުމަކީ އެ އަރާމުކަން އިތުރުކޮށްދޭ ކަމެކެވެ. ނަމަވެސް ރިސޯޓް ، ގެސްޓް ހައުސްފަދަ ތަންތަނުގައި ބޭނުން ކުރާފަދަ ތުވާލި އަހަރެމެން ގެންގުޅުނު ނަމަވެސް އެ ތުވާލިތަކުން ފެން ހިއްކާލުމުން ކުރާ އިހްސާސް ، އާންމުކޮށް ގޭގައި ބޭނުން ކުރާ ތުވާލިން ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
އެފަދަ މަޑުކަމެއް ، އަރާމުކަމެއް ހޯދަން ބޭނުންވާނަމަ ގޭގައި ބޭނުން ކުރާ ތުވާއްޔަކީ ވެސް މަޑު ތުވާއްޔަކަށް ވަރަށް ފަސޭހައިން ހަދާލެވިދާނެއެވެ. މިގޮތަށް ހައްދަވާށެވެ.
ދޮންނަ މެޝިނުން ތުވާލި ދޮންނަންވަނީ 40 އާއި 60 އާއި ދެމެދުގެ ޓެމްޕަރޭޗަރެއްގައެވެ. އަދި ދޮންނަ ލިކުއިޑް އެޅުމަށްފަހު ސޮފްޓްނަރގެ ބަދަލުގައި 120 މިލިލީޓަރުގެ ވައިޓް ވިނިގަރު އަޅާށެވެ. ވިނިގަރުން ތުވާލި މަޑުކޮށްލައިދީ ތާޒާ އެއްޗަކަށް ހަދައިދޭނެއެވެ.
މެޝިނުން ދޮތުމަށްފަހު ރަނގަޅަށް ފޮޅާލައި ، ފުރަތަމަ ވައިން ތުވާލު ހިއްކާލާށެވެ. ހިކުމުން މިނެޓްކޮޅަކަށް މެޝިނަށްލައި ހިއްކާލާށެވެ. އަދި މަޑު ތުވާއްޔެއްގެ މަޑުކަމުން ހަށިގަނޑު ހިއްކާލުން ތަޖުރިބާ ކޮށްލައްވާށެވެ.