ޚަބަރު

އާސަންދަ އޮޑިޓް: ބޭރުގައި ތިބި ދިވެހީންނަށް ފައިސާ ދިނުމުގައި ބޮޑެތި ގޯސްތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިތިބި ދިވެހީންނަށް، ކޮވިޑްގެ ހާލަތާއި ގުޅިގެން ފައިސާ ދިނުމުގައި ބޮޑެތި ގޯސްތަކެއް އާސަންދަ ކުންފުނިން ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

Ads by Hajj Corporation

އެކުންފުންޏާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކޮވިޑާއި ގުޅިގެން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓް މިއަދު އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން އަމިއްލަ ގޮތުންނާއި، އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް، ފައިސާގެ އެހީ ދިނުމަށް އެންސްޕާ އަދި އާސަންދައިގެ ފަރާތުން ވަނީ ބަލި މީހުންގެ ތެރެއިން 191 މީހަކަށް 2،307،883 ރުފިޔާ ދީފައެވެ.

އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި އާސަންދައިން ބަލި މީހުންގެ އެހީތެރިންނާއި އާއިލާގެ 227 މީހަކަށް 2،077،،830 ދީފައިވާއިރު ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އަދި ސްރީލަންކާގައި ރާއްޖެ ނާދެވި ތިބި އާސަންދަ ޕޭޝަންޓުން އަނބުރާ ރާއްޖެ ގެނައުމަށް އައިލެންޑް އޭވިއޭޝަނަށް ދެއްކި އެޑްވާންސް ފައިސާގެ އަދަދު ވަނީ ތިން ލައްކައަށް އަރާފައެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ 30 ގެ ނިޔަލަށް (ކޮވިޑްގެ ހާލަތުގެ ސަބަބުން) ރާއްޖެ ނާދެވި އިންޑިއާ އަދި ސްރީލަންކާގައި ބޭސް ފަރުވާއަށް ގޮސްތިބި ދިވެހިންނަށް، ފައިސާގެ އެހީ ދިނުމަށް އެންސްޕާ އިން އާސަންދަ ކުންފުންޏަށް ދޫކޮށްފައިވާ 3،815،121 ރުފިޔާގެ ތެރެއިން 103،251 ރުފިޔާ ހަރަދުކޮށްފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓުން ފާހަގަ ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!