ޚަބަރު

އޭލެވެލް އިމްތިހާނު ފަސްކުރުމަށް އަދި ގޮތެއް ނުނިންމަން: އެޑިއުކޭޝަން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ރާއްޖޭގައި އޭލެވެލް އިމްތިހާން ފަސް ކުރަން ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

ކޮރޯނާ ވައިރަހާ ގުޅިގެން ސްކޫލުތަކުގެ ކިޔެވެމުން ވެސް މެދުކެނޑިފައިވާ މިދަނޑިވަޅުގައި ގިނަ ބަޔަކު އަންނަނީ އޯލެވެލް އާއި އޭލެވެލް އިމްތިހާނާ މެދު ނިންމާނީ ކިހިނެއްތޯ ސުވާލު އުފައްދަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ މެއި ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރިނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

މިހެންވެ، ދިވެހިރާއްޖޭގެ ދަރިވަރުން، މެއި ޖޫންގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!