ޚަބަރު

ޕެރަޑައިސް އިން ކޮވިޑް-19ގެ އަލާމާތްތައް ހުރި 10 މީހަކު ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޕެރެޑައިސް އައިލެންޑް ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި އަށް ދިވެއްސަކާއި ދެ ބިދޭސީއަކު ފެނިއްޖެ އެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓްގެ ދެ ބިދޭސީއަކާއި އަށް ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

އަދި މިހާލަތުގައި ރަށަށް އަރައި ފޭބުން ވަގުތީ ގޮތުން މާނާ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވިލާގެ ރިސޯޓެއް ކަމަށްވާ ޕެރައިޑައިސް އައިލެންޑް ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންދިޔައިރު، އެ ކުންފުނީގެ އެހެން ރިސޯޓުތައް ބަންދުކުރަން ވަނީ ނިންމައިފަ އެވެ. ކޮރޯނާގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އާމްދަނީ ދަށަށް ދިޔުމާއެކު، ވިލާ އިން ނިންމީ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރުމަށެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް 13 ނައްސިވެފައިވާއިރު އެ އެންމެނަކީ ވެސް ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!