Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޒިކާ ވައިރަސް ފެތުރޭ ވާހަކަ ހެލްތް މިނިސްޓްރީން ދޮގުކޮށްފި

ޒިކާ ވައިރަސް ފެތުރޭ ވާހަކަ ހެލްތް މިނިސްޓްރީން ދޮގުކޮށްފި

މަދިރީގެ ޒަރީއާއިން ޒިކާ ވައިރަސް ފެތުރެމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ހެލްތް މިނިސްޓްރީން ދޮގުކޮށްފި އެވެ.

މޯލްޑިވްސް ރެޑް ކްރެސެންޓުން މިއަދު ވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އާންމުވަމުން ދާތީ ހޭލުންތެރިކުރުވުމުގެ ގޮތުން ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އެވީޑިއޯގައި މި ބަލިތަކާއި ގުޅޭގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށެވެ. އެގޮތުން، ޑެންގީ ހުމާއި ޗިކުންގުންޔާ އަދި ޒިކާ ވައިރަސް ފެތުރޭކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement
Allied Insurance — Square (box)

ފައިސަލް އާ ހަވާލާދެއްވައި ޒިކާ ވައިރަސް ފެތުރެމުން އަންނަ ކަމަށް ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައި ވަނިކޮށް ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ޒިކާ ވައިރަސް ފެތުރެމުން ނުދާ ކަމަށެވެ.

"ޒިކާ ވައިރަސް ފެތުރެމުންދާ ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު މައުލޫމާތެއް ނޫން," އޭނާ ވިދާޅުވިއެވެ.

ޒިކާއަކީ ވަރަށް ނުރައްކާތެރި ވައިރަހެކެވެ. މި ވައިރަސްގެ ސަބަބުން މައިގަނޑު ގޮތެއްގައި އަސަރު ކުރަނީ މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށެވެ. ޒިކާގެ ވައްތަރުތަކުގެ ސަބަބުން ގިނަ ފަހަރަށް ކުއްޖާ އުފަންވާއިރު ހުންނަ އައިބުތައް ވަރަށް ބޮޑަށް ފެނެ އެވެ.

ޒިކާއަކީ އީޑިސް މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް