ޚަބަރު

ރަޝިޔާގައި ކިޔަވާ 3 ދިވެހިން ކަރަންޓީނުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ރަޝިޔާއަށް ދަތުރުކުރި ދިވެހި ކިޔަވާކުދިންތަކެއްގެ ގައިން ކޮރޯނާވައިރަސް، ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އެ ގައުމުގައި ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ ރަޝިއާއަށް ދިޔަ ތިން ދިވެހި ދަރިވަރެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން، އެ ތިން މީހުންވެސް އިތުރު ފަސް ދުވަހަށް ކަރަންޓީނުކުރުމަށް ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު އިތުރަށް ވިދާޅުވި ގޮތުގައި، އެ ތިން ދަރިވަރިންގެ ހާލު މިވަގުތު ރަނގަޅުކަމަށާއި، އެ މީހުންގެ ހާލަތު ފޮރިން މިނިސްޓްރީގެ އިތުރުން ޖަރުމަނުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މެއި 1 ވަނަ ދުވަހާ ހަމައަށް ބޭރު މީހުން ރަޝިއާއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!