ޚަބަރު

ދެ އަހަރު ވަންދެން ކަމަދޫ ކަރަންޓު ބިލުތަކުން އިތުރަށް ފައިސާ ނެގި މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
kamadhoo
ބ. ކަމަދޫ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ

ގާތްގަނޑަކަށް ދެ އަހަރު ވަންދެން، ބ. ކަމަދޫ ފެނަކަ ބްރާންޗުން، އެ ރަށު ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލުގައި އިތުރަށް ފައިސާގެ އަދަދު ޖަހައި އިތުރު ކުރި އަދަދުން ވައްކަން ކުރި މައްސަލާގައި އެ މުވައްޒަށް ދައުވާކުރަން، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

Ads by Sosun Fihaara

މި މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައި ވަނީ އެ ރަށު ފެނަކަ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ޢާއިޝަތު ސަމިއްޔާ (މިނާ، ބ.ކަމަދޫ) ގެ މައްޗަށެވެ.

އޭސީސީން އެދިފައިވަނީ، އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށު ދައުވާ އުފުލައިދިނުމަށެވެ.

އޭސީސީން ބުނި ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އާއިޝަތު ސަމިއްޔާ، ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ. ނަގައި އެ ފައިސާ ބޭނުން ކޮށްފައިވެ އެވެ.

އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކައަށް އެންގުމަށް އޭސީސީން ނިންމާފައިވެ އެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ގޭބިސީތަކުގެ ފަރާތްތަކަށް އެ ފައިސާ އަނބުރާ ހޯދައިދިނުމަށް ވެސް ފެނަކައަށް އޭސީސީން އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

Ads by Allied Insurance
  1. އެއީ ރައްޔިތުންގެ ފައިސާއެއްނު! އެ އޯކޭވާނެ! އޭނަ ދޫކޮށްލާ!!!!!!!!!

  2. އަންނައުނު

    ކޮބާ ފެނަކައިގެ އިނޓާރނަލް އޮޑިޓަރު ސްޓޭޝަން މެނޭޖަރާ ރަށު ރައްޔިތުން ތިބީ ނިދަން ހަމަ ލިޔެކިޔަން އެނގޭ ރައްޔިތެއް ނެތް ރަށެއްބާ
    ދެން އޮތް ސުވާލަކީ އޭގައިން ދައުލަތައް ފައިދާ ވާންއިނީ ކޮން ޕޮއިންޓަކުން