Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާފުށި ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެއްޖެ

މާފުށި ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެއްޖެ
ކ. މާފުށި ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެއްޖެ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ލޯންޗުގައި ރޯވި ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިއަދު މެންދުރު 12:30 ހާއިރެވެ. މައުލޫމާތު ލިބުނުތާ 10 ވަރަކަށް މިނެޓު ތެރޭގައި އެ ރަށު ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވަނީ އަލިފާން ނިއްވާލައިފަ އެވެ. އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ..
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އެ ލޯންޗަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް