ޚަބަރު އިޖުތިމާޢީ

ބޮޑު ސަރަހައްދެއް ބަލައިފި، ދޯނި އަދިވެސް ނުފެނޭ

އަލީ ސަމާޙް ، ދެން އޮންލައިން

ހަތަރު މީހުންނާއެކު، ހުކުރު ދުވަހު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ''އޭއޭއޭ-37'' ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

Ads by Hajj Corporation

ގެއްލިގެން ހޯދަމުންދާ މުދާ އުފުލާ އެ ދޯނިން ދިވެއްސަކާއި، ބަންގްލަދޭޝްގެ ތިން މީހުން ދަތުރުކުރި އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުން ''އޭއޭއޭ-37'' ދޯނި ތިލަފުށިން ފުރީ ހުކުރު ދުވަހު ހެނދުނު 6 ހާއިރު އެވެ. ދޯނީގެ ހަބަރެއް ނުވެގެން، އެކަމުގެ މައަލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ރިޕޯޓް ލިބުނީ އެ ދުވަހުގެ 05:20 ހާއިރެވެ.

އެމްއެންޑީއެފުން ރޭ މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީީ، ދޯނި ހޯދަން ކަނޑާއި ވައިގެމަގުން މ. އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުގެ 4519 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެ ދޯނި ހޯދުމުގެ އޮޕަރޭޝަންގައި ކޯސްޓުގާޑުގެ އުޅަނދުތަކުގެ އިތުރުން މޯލްޑިވިއަންގެ މަތިންދާ ބޯޓެއްވެސް ބޭނުން ކުރެ އެެވެ.

ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި، މައުލޫމާތު ހިއްސާކުރަން އެދިފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!