ފުލުހުންނަށް ބިރުދެއްކި ތިން މީހުންގެ ބަންދަށް ހަތް ދުވަސް

ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ފުލުުހުން ބުނީ، އެކަމެއް ހިނގާފައިވަނީ ރޭ 10:00 ހާއިރު ކަމަށެވެ. މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ އުމުރުން 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ.
ފުލުހުން މިއަދު ބުނީ، ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.